ވިޔަފާރި

ވިޔަފާރީގެ ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލަށް ޙިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި


ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާބެހޭ ބިލަށް ޙިޔާލު ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާބެހޭ ބިލަށް ޢާންމުންގެ ޚިޔާލު މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ޙިޔާލު ފޮނުވާނީ އިކޮމިކް މިނިސްޓްރީގެ ވެބްސައިޓަށެވެ.

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު އެކުލަވާލާފައިވަނީ، ދިވެހިރާއްޖޭގައި ޤާއިމުވެގެން ހިންގާ ވިޔަފާރިތަކުގެ މެދުގައި، ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށެވެ. އަދި ވިޔަފާރިތަކުގެ މެދުގައި، ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ ޢަމަލުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށެވެ.

މިބިލުގައި، ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި ވިޔަފާރީގެ ޢަމަލުތައް މަނާކުރުމާއި، މާކެޓުގައި ނުފޫޒުފޯރުވޭނޭ މަޤާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަޤާމެއްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކުރުން މަނާކުރެވޭނެ ނިޒާމެއް ޤާއިމުކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ މާރޖާރއެއް' ހެދުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް އާދަޔާ ޚިލާފަށް ހުރަސް އެޅިގެންދާދިޔުން ކޮންޓްރޯލްކުރުމުގެ ގޮތުން ކަމާބެހޭ އުޞޫލުތައް އެކުލަވާލުމަށްވެސް މަގުފަހިވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.