ކުޅިވަރު

ހުރާ ކައުންސިލް ކަޕުގެ ގްރޫޕް ސީގެ އެއްވަނަ ސަޓަޑޭ ސޫޕަށް


ހުރާ ކައުންސިލް ކަޕުގެ ގްރޫޕް ސީގެ އެއްވަނަ ސަޓަޑޭ ސޫޕް ޔަގީންކޮށްފިއެވެ.

ހުރާ ކައުންސިލް ކަޕްގެ ގްރޫޕް ސީގެ އެންމެ ކުރީގައި އޮތް ދެ ޓީމްކަމަށްވާ ޗެލެންޖާއި ސަޓަޑޭ ސޫޕް ވާދަކުރި މެޗު ހަތެއް ދޭކުން ކާމިޔާބުކުރީ ސަޓަޑޭ ސޫޕުންނެވެ. މެޗުގައި ސަޓަޑޭ ސޫޕްގެ ހުސައިން ސިފާއުއާއި އިސްމާއިލް އީސާއެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، އެޓީމްގެ ބާކީ ލަނޑުތައް ޖަހައިދިނީ އިޝާން އިބްރާހިމް، މުޙައްމަދު ރަޝީދު އަދި އަހުމަދު ނިޒާމެވެ.

ޗެލެންޖްގެ ލަނޑުތައް މެޗުގައި ޖަހައިދިނީ އަހުމަދު ރިޒުވާނާއި، އަބްދުﷲ މިސްބާހެވެ.
ހުރާ ކައުންސިލްކަޕްގައި ރޭ ކުޅެން ހަމަޖެހިފައިއޮތް އަނެއް މެޗުގައި ވާދަކުރަން ހަމަޖެހިފައިއޮތީ ރިވެންޖާއި، ކޮކޯ ޗޮކޯ އޯލްޑް ބޯއީސްއެވެ. މި މެޗުގެ ގަޑި ޖެހުނުއިރު ކޮކޯ ޗޮކޯ އޯލްޑް ބޯއީސްގެ ޓީމް ކުޅުންތެރިން ހަމަނުވާތީ މުބާރާތުގެ އިންތިޒާމް ކޮމިޓީންވަނީ މެޗުން ރިވެންޖް މޮޅުވިކަމަށް ނިންމާފައެވެ.

މި މޮޅާއިއެކު ރިވެންޖަށްވަނީ ކުއާޓާރ ފައިނަލްގެ ފުރުސަތު ބޮޑުވެފައެވެ. 18 ޓީމް ވާދަކުރަމުން އަންނަ ހުރާ ކައުންސިލްކަޕްގެ ކުޅުން މިރޭވެސް ކުރިއަށްދާނެއެވެ.