ވިޔަފާރި

ސާކުން ހޮވާ މިދިޔަ އަހަރު ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ވިޔަފާރިވެރިއަކަށް ސުއިޒާ


މިދިޔަ އަހަރު ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ވިޔަފާރިވެރިއަކަށް ސުއިޒާ

ސާކްގެ، ޗެމްބަރ ވުމެންސް އެންޓަރޕްރިނިއާސް އިން ހޮވާ މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ ނުފުޒުގަދަ ކަމިޔާބު އަންހެން ވިޔަފާރިވެރިޔަކަށް ސުއި ސެލޫންގެ ބާނީ ސުއިޒާ އިބްރާހިމް ހޮވައިފިއެވެ.

ސްރީލަންކާގައި ބޭއްވި ސާކް މިއުޒިކަލް ކޯޗަރ އެންޑް ކަލިނަރީ ހަފްލާގައި ސާކުގެ އެކި ޤައުމުތަކުން 2018 ވަނަ އަހަރު ވިޔަފާރިގެ ދާއިރާއިން ކާމިޔާބިތައް ހޯދި ބޭފުޅުން ފާހަގަކޮށް ހަނދާނީ ލިޔުން ހަވާލުކޮށްފައިވާއިރު ފާއިތުވި އަހަރު ރާއްޖެއިން އެންމެ ކާމިޔާބު ވިޔަފާރިވެރިޔަކަށް ހޮވިފައިވަނި ސުއިޒާ އިބްރާހިމެވެ.

ސުއިޒާ އިބްރާހީމަކީ ރާއްޖޭގެ މަޝްހޫރު ބިއުޓީ ސެލޫނެއްކަމަށްވާ ސުއި ސެލޫނުގެ ފައުންޑަރ އަދި މެނޭޖިންގ ޑިރެކްޓަރު. ސުއިޒާ ވަނީ އެހެން ފަރާތްތަކެއްގެ ހިއްސާވުމެއް ނެތި އަމިއްލަ މަސައްކަތުން ވިޔަފާރިފުޅާކޮށް މި ދާއިރާއިން ގިނަ ކާމިޔާބީތައް ހާސިލްކުރައްވާފައެވެ އެގޮތުން 2016 ވަނަ އަހަރު ވިމެން އޮން ބޯޑުން ދިން އަންހެން ލީޑަރުންގެ އެވޯޑު ސުއިޒާ ވަނީ ހޯދާފައެވެ.

ސާކްގެ ޤައުމުތައް ހިމަނައިގެން ކުރިއަށްގެދިޔަ މި ހަފްލާއަކީ ސާކްގެ، ޗެމްބަރ ވުމެންސް އެންޓަރޕްރިނިއާސް ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަފްލާއެވެ. މި ހަފްލާގައި ސާކްގެ އެކި ޤައުމުތަކުން ފާހަގަކޮށްލެވޭ އަންހެން ލިޑަރުންނަށް ވަނީ އެވޯޑު ދީފައެވެ.