ޚަބަރު

ރޭގެ އަލިފާނުގެ ހާދިސާގައި 30ހަކަށް މިލިޔަން ރުފިޔާގެ ގެއްލުމެއް


މާފަންނު އޯކްވިލާގައި ހުރި ލިލީ ސްޓޯރުގެ ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ތިރީހަކަށް މިލިޔަން ރުފިޔާގެ ގެއްލުމެއްވެފައިވާކަމަށް ލިލީ ގްރޫޕުން ބުނެފިއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން ލިލީ ގްރޫޕްގެ ވެރިޔާ، އަހްމަދު ނާސިރުވިދާޅުވީ، މާފަންނުގައި ހުންނަ ލީލީގެ އެންމެ ބޮޑު ގުދަނުގައި ރޭ ހިންގި އަލިފާނުގެ ހާދިސާގައި އެގުދަނުގައި ހުރި ހުރިހާ މުދަލެއްވެސް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާކަމަށާއި، ގުދަނުގައި މައިގަނޑު ގޮތެއްގައި ހުރީ، އެކުންފުނިން ރާއްޖެއެތެރެކުރާ މަމީ ނޫޑްލްސް އާއި، ކޮސްމެޓިކްސްގެ ބާވަތްތަކުގެ އިތުރުން އެހެނިހެން ބާވަތްތަކުގެ މުދާކަމަށެވެ.މީގެ އިތުރުން ގުދަނުގައި، ބާއްވާފައިއޮތް ތިން ޕިކަޕާއި، ބޮޑުލޮރީއެއްވެސް އަނދައިގެން ދިޔަކަމަށާއި، އެތަން ސާފް ކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައި ކުރަމުންދާކަމަށެވެ.ނާސިރު ވިދާޅުވީ، އެގުދަނަކީ އެންޝުއަރެންސް ކޮށްފައި ހުރިތަނެއްކަމުން، ރޭގެ އަލިފާނުގެ ހާދިސާ ހިނގާދިޔަގޮތް ފުލުހުންނާއި އެމް.އެން.ޑީ.އެފްގެ އިތުރުން ލިލީ ގްރޫޕްގެ މީހުންގެ ހާޒިރުގައި، ގުދަން އިންޝުއަރ ކޮށްފައިވާ އެލައިޑް އިންޝުއަރެންސް ކުންފުނިން މިއަދު 2 ޖެހި އިރު ބަލައި މައުލޫމާތު އެއްކޮށް ތަން ފޮޓޯ ނަގައިފާއިވާކަމަށެވެ.