ވިޔަފާރި

ކޮކާ ކޯލާއިން ޕްރިމިއާ ލީގް ބަލާލުމަށް ދެ މީހަކަށް ޓިކެޓް ދީފި


ކޮކާކޯލާއިން ކުރިއަށްގެންދާ ޕްރިމިއާ ލީގް ކެމްޕެއިންގެ 2 ނަސީބުވެރިންނަށް އިނގިރޭސިވިލާތުގެ ޕްރިމިއާ ލީގް ބަލާލުމަށް ރަމްޒީ ޓިކެޓް ހަވާލުކޮށްފިއެވެ.

ކޯކު ފުޅީގެ މަތިގަނޑުގައިވާ ކޯޑު އެސްއެމްއެސްކުރުމުން ބައިވެރިވެވޭ މި ޕްރޮމޯޝަންގެ ދެ ނަސީބުވެރިންނަން ހޮވިފައިވަނީ އަބްދުﷲ މުހައްމަދާއި ހުސައިން ޝަފީޤެވެ. ސިޓްރޮންގައި ބޭއްވި ހަފްލާއެއްގައި ނަސީބުވެރިންނަށް ޓިކެޓު ހަވާލުކޮށްދެއްވީ ޕިއްޒާ ބޯނާގެ ޗެއަރމަން ހުސެއިން އާރިފްއެވެ.

މި ޕްރޮމޯޝަންގެ ދަށުން ހޮވުނު 2 ނަސީބުވެރިންނަށް އިތުރު 2 މީހުންނާއި އެކު ޕްރިމިއާ ލީގް ބަލާލުމަށް ދެކޮޅު ޓިކެޓް އަދި ދަތުރުގެ ހުރިހާ ޚަރަދެއް ލިބިގެންދާނެކަމަށް ކޮކާކޯލާއިން ބުނެއެވެ.
ޕްރިމިއާ ލީގް ބަލާލަން ދިއުމުގެ ފުރުސަތުގެ އިތުރުން މި ޕްރޮމޯޝަންގައި ބައިވެރިވި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު 31 މީހަކަށް ކޮކާކޮލާއިން ވަނީ 43 އިންޗީގެ އެލްއީޑީ ޓީވީއެއް ހަދިޔާކޮށްފައެވެ.

ކޮކާކޯލާއިން މިހާރު ކުރިއަށްގެންދާ ޕްރިމިއާ ލީގް ކެމްޕެއިން އަކީ 45 ދުވަހަށް ކުރިއަށްގެންދާ ކެޕްމެއިނެކެވެ. 45 ދުވަސް ހަމަވުމާއެކު ބާކީ ޕްރިމިއާ ލީގް ޓިކެޓުގެ 3 ނަސީބުވެރިއަކާއި ޓީވީގެ 14 ނަސީބުވެރިއަކަށް ޓިކެޓާއި ޓީވީ ހަވާލުކުރާނެކަމަށް ކޮކާކޯލާއިން ބުނެއެވެ.

މާޗް 15 ގެ ނިޔަލަށް ކޮކާކޯލާއިން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ރަން މަތި ޖެހި ކޮކާކޯލާ ފުޅީގެ މަތިގަނޑުގައިވާ ކޯޑު 2626، ނަންބަރަށް އެސްއެމްއެސްކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

ކޮކާ ކޯލާއަކީ މިއަހަރުގެ ޖެނުއަރީން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގްގެ ޕާޓްނަރެކެވެ. މިއާއެކު ކޮކާކޯލާއިން ދަނީ މިކަމާއި ގުޅުންހުރި ގިނަ ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ. ފާއިތުވި ވަރލްޑް ކަޕް އަދި ޔޫރޯ ފުޓްބޯޅަ މުބާރާތުގައިވެސް ކޮކާ ކޯލާއިން ވަނީ ގިނަ ޕްރޮމޯޝަންތައް ކުރިއަށްގެންގޮސް ގިނަ އަދަދެއްގެ ދިވެހިންނަށް މެޗުތައް ބަލާލުމުގެ ފުރުސަތު ހޯދައިދީފައެވެ.