ޓުއަރިޒަމް

ފެބްރުއަރީ މަހަކީ ރިކޯޑު އަދަދަކަށް ފަތުރުވެރިން އައި މަހެއް-


މި އަހަރުގެ ފެބްރުއަރީ މަހަކީ ފާއިތުވި 40 އަހަރަށް ބަލާއިރު، ރާއްޖެއަށް ރިކޯޑު އަދަދަކަށް ފަތުރުވެރިން އައި މަސް ކަމަށް ޓުއަރިޒަމް މިނިސްޓަރ އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.މިނިސްޓަރ ވިދާޅުވީ، ފެބުރުއަރީ މަހު ރާއްޖެއަށް އެއްލައްކަ ވިހި ހާސް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި، އެއީ މިދިޔަ އަހަރުގެ ފެބުރުއަރީ އަޅާބަލާއިރު 8.8 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.އާ އަހަރާއި ދިމާކޮށް ބޭއްވި ޝޯގައި އިންޑިއާގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ބައިވެރިވުމުން އިންޑިއާގެ މާރކެޓް އިތުރުވަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުގައި ނެރެފައިވާ ޓްރެވެލް އެލަރޓްތަކުގައި އޮތީ، ހަމައެކަނި މާލެ ސަރަހައްދުގައި ހަމަނުޖެހުންތަކެއް ހިންގާ ވާހަކަ ކަމަށާއި، ޗައިނާއިން ޓްރެވެލް އެލާރޓެއް ނެރުނު ކަމަށްދެކެވޭ ވާހަކަތައް ޗައިނާ އެމްބަސީން ދޮގުކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިންޑިއާއިން ރާއްޖެއަށް ހަރުކަށި ގޮތްތަކެއް ގެންގުޅޭކަމަށް ދެކެވޭ ވާހަކަތައްވެސް މިނިސްޓަރ ދޮގު ކުރެއްވިއެވެ.މިނިސްޓަރ ވިދާޅުވީ، ޓްރެވެލް އެލަރޓްތަކާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ އެންޓީ ކެމްޕެއިން ތަކުގެ ސަބަބުން ޓުއަރިޒަމް ގްރޯތް އަށް އަސަރު ނުކުރާކަމަށެވެ. އަދި މިހިނގާ މާރޗް މަހުގައި އެއްވެސް ބުކިންގއެއް ކެންސަލް ނުވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.