ޚަބަރު

ފިރިހެންބައިގެ ފައިނަލުގައި ކިންގްސް އާއި ރެޕްޓާސް މިރޭ


ހަތާވީސްވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި މިރޭ ކިންގްސް ބީސީއާއި ރެޕްޓާސް ބީސީ ވާދަކުރާނެއެވެ.

މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ކިންގްސް ބީސީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. އަދި ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޓީރެކްސް ހަތް ޕޮއިންޓުގެ ތަފާތުން ބަލިކުރުމަށްފަހުއެވެ. އެއީ އަށްޑިހަ އަށްޕޮއިންޓް އަށްޑިހަ އެއްޕޮއިންޓުންނެވެ.

މުބާރާތުގެ ފައިނަލަށް ރެޕްޓާސް ބީސީ ދަތުރުކުރީ ސެމީ ފައިނަލުގައި ސްޓިންގާސް ބީސީ އަށްޑިހަ ނުވަޕޮއިންޓް، އަށްޑިހަ ހަ ޕޮއިންޓުން ބަލިކޮށްގެންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން ރެޕްޓާސް ބަލިވެފައިވަނީ ކިންގްސް ބީސީ އާއި ވާދަކުރި މެޗުން އެކަންޏެވެ. އެ މެޗުން ރެޕްޓާސް ބަލިވީ ފަންސާސް ނުވަ ޕޮއިންޓް އަށްޑިހަ ހަތަރު ޕޮއިންޓުންނެވެ.

ކިންގްސްއާއި ރެޕްޓާސް ވާދަކުރާ ފައިނަލް މެޗު މިރޭ ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.