ވިޔަފާރި

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާއިން އާންމުކޮށްފި


މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މޯލްޑިވްސް އިންލަންޑް ރެވެނިއު މީރާއިން އާންމުކޮށްފިއެވެ.މީރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިސްޓުގައި ހިމެނެނީ މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ޖީއެސްޓީ ބަޔާން ހުށަހަޅާފައިނުވާ އަދި އެ މުއްދަތަށް ޖީއެސްޓީ ދައްކާފައިނުވާ ފަރާތްތަކުގެ ތެރެއިން މާލޭ ސަރަހައްދުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތެވެ.މީރާ އިން ބުނާ ގޮތުން، ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތައް ކިޔާދީފައި ވާނެކަމަށެވެ. އަދި އެސްއެމްއެސްގެ ޒަރިއާ އިން ވެސް އެ ފަރާތްތަކަށް އެންގުމަށް މަސައްކަތްކޮށް ފޯނުން ނުގުޅުނު ވިޔަފާރިތަކަށް މީރާގެ ޓީމުތައް ޒިޔާރަތްކޮށްފައިވާނެ ކަމަށް ވެސް އެ މީރާއިން މައުލޫމާތުދެއެވެ.މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި ޖީއެސްޓީ ބަޔާން ހުށަނާޅާއި އަދި ޖީއެސްޓީ ނުދައްކާ ޓޫރިޒަމް ދާއިރާގެ 17 ފަރާތަކާއި ޓޫރިޒަމް ނޫން ދާއިރާތަކުގެ 88 ފަރާތެއްގެ ނަން މީރާގެ ވެބްސައިޓުގައި މިހާރު ވަނީ އާއްމުކޮށްފައެވެ. އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެއްވެސް މީހެއް ޖީއެސްޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަރާތެއްގެ ނަން ވެބްސައިޓުން އުނިކުރެވޭނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.