ދުނިޔެ

ޙަމަލާ ދިނީ ތޫނިސްގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން-


ތޫނިސްގެ ދާރުލްއާސާރަކަށް އިއްޔެ ދިން ޙަމަލާ ފަދަ ޙަމަލާތައް ތަކުރާރު ވިޔަނުދިނުމަށް ކުރެވެން އޮތް މަސައްކަތެއް ސަރުކާރުން ކުރައްވާނެކަމަށް އެގައުމުގެ ރައީސް އަލްބާޖީ ގާއިދު އައްސިބްސީ ވިދާޅުވެއްޖެއެވެ.މި ޙަމަލާތަކުގައި ޒަޚަމްވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ މީހުންގެ ހާލު ބެއްލެވުމަށްފަހު ސިބްސީ ވިދާޅުވީ މިޙަމަލާތައް ދީފައިވަނީ ތޫނިސްގައި އޮންނަ މިނިވަންކަމުގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެންކަމަށެވެ.ތޫނިސްގެ ވެރިރަށުގެ ބާރުދޫ ސަރަހައްދުގައިވާ ދާރުލްއާސާރާއި ޕާލަމެންޓް ހުންނަ އިމާރާތަށް ބަޔަކުދިން ޙަމަލާތަކުގައި 22 މީހުން މަރުވެފައިވާއިރު 24 މީހުން ޒަޚަމްވެފައިވެއެވެ.މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ބޭރުގައުމުތަކުގެ ފަތުރުވެރިން ކަމަށް ތޫނިސްގެ ސަރުކާރުން ބުނެއެވެ.