އިންޑިއާއާ ޕާކިސްތާނާއި ދެމެދު ނުތަނަވަސްކަން އިތުރުވަމުން ދާތީވެ، ދިވެހި ސަރުކާރުން ކަންބޮޑުވުންފާޅުކޮށްފިއެވެ.
ދިވެހި ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޓެރަރިސްޓް ހަމަލާތައް ދިނުމަކީ ދިވެހި ސަރުކާރުން އެކަމާމެދު ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށާއި އެކަމާއި ދެކޮޅަށް އަބަދުވެސް އަޑު އުފުލާ ވަކާލާތު ކުރާ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އިންޑިއާގެ ބާރުގެ ދަށުގައި ކަޝްމީރުގެ ސަރަޙައްދުގައި ބޮމެއް ގޮއްވާލައިގެން އެތަކެއް އިންޑިއާ ސިފައިން މަރާލި ހަމަލާ ކުށްވެރިކޮށްފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެއް ގައުމުން އަނެއް ގައުމުގެ ބޯޑަރު ހުރަސްކޮށް ހަމަލާ ދިނުމަކީ ދިވެހި ސަރުކާރުން އަބަބދުވެސް ކުށްވެރި ކުރާ ކަމެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މިހާރު ބަދަލުކުރަމުންދާ ހަމަލާ ހުއްޓާލުމަށާއި ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން ސުލްހަ ގާއިމްކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައްވާފައެވެ.
ދިވެހި ޚާރިޖިއްޔާއިން ވަނީ އިންޑިއާއި ޕާކިސްތާނާއި ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން ހައްލު ކުރުމަށާއި ޑިޕްލޮމަސީ ގުޅުންތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.