ދުނިޔެ

ސުލްހައިގެ ވާހަކަތަކަށް އިސްރާއީލުގެ އެއްބާރުލުން ބޭނުންވެފައި-


ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މެދު އިރުމަތީގެ މަޝްވަރާތަކަށް އިސްރާއީލުން އަދި ވެސް ފުރުޞަތު ދޭނެ ކަމަށް އުއްމީދުކުރާ ކަމަށް އދން ހާމަކޮށްފިއެވެ.އދން މިކަން ހާމަކޮށްފައިވަނީ އިސްރާއީލުގައި މި ހަފްތާގައި ބޭއްވި ޢާއްމު އިންތިޚާބު ކާމިޔާބުކުރެއްވި އެގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ފުރުޞަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.އދގެ ތަރުޖަމާނު ފަރްހާން ހައްޤު ވިދާޅުވީ، އިސްރާއީލުގައި ޤާއިމުކުރާ އާސަރުކާރަކުން  މެދުއިރުމަތީގެ ސުލްޙައަށް ބޭނުންވާފަދަ ވެށްޓެއް ޤާއިމުކުރަން ޖެހޭނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ފަރާތްތައް ބައިވެރިވާ ގޮތަށް ކުރިއަށް ގެންދާ މި މަޝްވަރާތަކުގެ ތެރެއިން މެދު އިރުމަތީގެ ސުލްޙައިގެ މައްސަލައެއް ހޯދާ، އިސްރާއީލުން ހިސާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުން ފައިބާ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރެވެން ޖެހޭ ކަމަށް ވެސް އދގެ ތަރުޖަމާނު ވިދާޅުވިއެވެ.މެދު އިރުމަތީގެ ސުލްހައިގެ ވާހަކަތައް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ.