ދުނިޔެ

ވިލާތުގެ މަރުކަޒީ ބޭންކުގެ މައިމަރުކަޒުގެ ދޮށުގައި މުޒާހަރާކޮށްފި


ޖަރުމަނުވިލާތުގެ ފްރޭންކްފަރޓްގައި އަލަށް ހުޅުވި ވިލާތުގެ މަރުކަޒީ ބޭންކުގެ މައިމަރުކަޒުގެ ދޮށުގައި ސުލްޙަވެރި މުޒާހަރާއެއް ބާއްވައިފިއެވެ.މި މުޒާހަރާގައި އެތައް ސަތޭކަ މީހުން ބައިވެރިވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.ފްރޭންކްފަރޓްގައި މި ސުލްޙަވެރި މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އެރަށުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކަށް ފަހުގައެވެ.ވިލާތުގެ މަރުކަޒީ ބޭންކުގެ އާމަރުކަޒާ ދެކޮޅަށް ކުރި މިމުޒާހަރާގެ ތެރޭގައި ހިނގި ކުރިމަތިލުންތަކުގެ މުޒާހަރާގެ ބައިވެރިންގެ ތެރޭއިން 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. މި ކުރިމަތިލުންތަކުގައި ޖަރުމަނު ފުލުހުންގެ 94 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ދައްކައެވެ.މި ކުރިމަތިލުންތަކުގެ ސަބަބުން 550 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޚަބަރު ލިބެއެވެ.