ވިޔަފާރި

ލިކަމެކް ނައިޓް މާކެޓުގެ ހުރިހާ ސްޓޯލެއް ވިކި ހުސްވެއްޖެ!


އަންނަ އޭޕްރިލްމަހު ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ލިކަމެކް' ނައިޓް މާކެޓްގެ ހުރިހާ ސްޓޯލެއް ވިކި ހުސްވެއްޖެއެވެ.

ނައިޓް މާކެޓް އިންތިޒާމްކުރާ ލިކަމެކް ޕްރައިވެޓް ލިމިޓެޑުން ބުނީ، ދަރުބާރުގޭގެ ބޭރު އަދި ހުރިހާ ހޯލެއް ހިމެނޭ ގޮތަށް ބޭއްވުމަށް ހަމަޖެހިފައިވާ މިނައިޓް މާކެޓްގައި ޖުމްލަ 218 ސްޓޯލް ހުންނާނެ ކަމަށެވެ.
ނައިޓް މާކެޓުން ސްޓޯލް ބައްލަވައިގަނެފައިވާ ފަރާތްތަކައް ފާސް ދޫކުރުމަށް ހަމަޖެހިފައި ވަނީ މާރޗް 28 ވަނަދުވަހުއެވެ.

ލިކަމެކުން ބުނީ، ނައިޓުމާކެޓް ބޭއްވުމުގެ މަޤްސަދަކީ، އާއްމުނަށް ހުރިހާ މުދަލެއް އެއް ތަނަކުން ހެޔޮ އަގެއްގައި ގަންނަން ލިބޭނޭ އިންތިޒާމު ހަމަޖައްސައިދިނުންކަމަށެވެ.
އޭޕްރިލް މަހުގެ 17 އިން 26ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓް ވިޔަފާރި ކުރުމައް ހުޅުވާލާ ގަޑިތަކަކީ ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށެވެ.

މިފަހަރުގެ ނައިޓް މާކެޓަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ ނައިޓް މާކެޓަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ލިކަމެކުން ބުނެއެވެ.