ތަޢުލީމު

ގްލޯނެޓް އެޑިއުކޭޝަނަލް ފެއަރ ފަށައިފި


ގްލޯނެޓުން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެޑިއުކޭޝަނަލް ފެއަރ މިއަހަރުވެސް ފަށައިފިއެވެ.

މިއަހަރުގެ ފެއަރ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާގެ ހަވީރު ފަހަކުން ދިހަޔަކަށް އާރޓްގެލެރީގެ ހޯލުގައެވެ.
މި ފެއަރއާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ގްލޯނެޓްގެ މެނޭޖިން ޑިޑެކްޓަރ އަޙްމަދު ނަސީމް މުޙައްމަދު ވިދާޅުވީ މި ފެއަރ އަކީ ރާއްޖޭން ބޭރުން މަތީތަޢުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ވަރަށް ބޭނުންތެރި ފެއަރ އަކަށް ވެގެންދާނެކަމަށެވެ. އަދި މި ފެއަރގައި ބައިވެރިވާ ކުދިންގެ ތެރެއިން އެކި ކޯސްތަކުގައި ބައިވެރިވާ ކުދިންނަށް މި ފެއަރ ނިމުނު ނަމަވެސް ގްލޯނެޓުން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ނަސީމް ވިދާޅުވީ މި ފެއަރގައި ހަރަކާތްތެރިވަމުންދަނީ މެލޭޝިއާގެ ފައިވްސްޓާރ ޔުނިވަރސިޓީތައްކަމަށެވެ. އަދި މިއަހަރުގެ ފެއަރގައި މެލޭޝިއާގެ ޔުނިވަރސިޓީތަކުގެ އިތުރުން އަޔަރލޭންޑްގެ ޔުނިވަރސިޓީއެއްވެސް ބައިވެރިވެއެވެ.

ޖުމްލަ 15 ޔުނިވަރސިޓީއަކުން މި ފެއަރގައި ބައިވެރިވާއިރު، ރާއްޖެއިންބޭރަށް ކިޔަވަން ދާންބޭނުންވާ ފަރާތްތަކަށް ކޯސް އިޚްތިޔާރުކުރުމާއި، ކޮލެޖް އިޚްތިޔާރުކުރުމަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު ދީ ކިޔަވަންބޭނުންވާ ދާއިރާ އިޚްތިޔާރުކުރުމުގައި އެހީތެރިވެދިނުމަށް ހަމަޖެހިފައިވާކަމަށް ގްލޯނެޓުން މަޢުލޫމާތުދެއެވެ.

ގްލޯނެޓް އެޑިއުކޭޝަން ފެއަރއަށް ކޮންމެ އަހަރަކުވެސް އާންމުންގެ ބޮޑު ތަރުޙީބެއް ލިބޭކަމަށް ގްލޯނެޓުން ބުނޭ. މިއަހަރުގެ މި ފެއަރއަކީ ގްލޯނެޓުން ބާއްވާ 24 ވަނަ ގްލޯނެޓް އެޑިއުކޭޝަން ފެއަރއެވެ.