ޚަބަރު

ހަސަން ނިޒާމް މިއަދު ނިޔާވެއްޖެ


ތަޢުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި ޓީވީއެމްގެ ޚަބަރާއި ޕްރޮގްރާމް ތަކުން އާންމުންގެ ތެރެއަށް މަޝްހޫރުވެގެންދިޔަ ހަސަން ނިޒާމް މިއަދު ނިޔާވެއްޖެއެވެ.ހަސަން ނިޒާމް ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިވަޑައިގެން، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.ނިޒާމް ނިޔާވިއިރު އުމުރުފުޅަކީ 52 އަހަރެވެ.ނިޔާވިއިރު އެނާގެ އަނތްބަކާއި ފިރިހެން ކުއްޖެއް ދުނިޔޭގައި އެބަތިއްބެވެ.ޑިސްއެބިލިޓީ ކައުންސިލްގެ ނައިބް ރައިސްކަމުގެ އިތުރުން ނިޒާމް ވަނީ އަމީނިއްޔާ ސްކޫލުގެ އިނގިރޭސީ ޓީޗަރެއްގެ މަޤާމްވެސް ފުރުއްވާފައެވެ. ނިޒާމް އާންމުންގެ ތެރެއަށް މަޝްހޫރުވެފައިވަނީ ޓީވީއެމްގެ ޚަބަރާއި އެހެނިހެން ޕްރޮގްރާމުތައް ހުށަހަޅާދެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ޓީވީއެމުން އެންމެ ގިނަ ދުވަސް ވަންދެން ގެނެސްދެމުންދާ "ހޭޔަންބޯ ޝޯ"  ވެސް އޭނާ ހުށަހަޅުއްވާ ދެއްވާފައިވެއެވެ.މީގެ އިތުރުން ނިޒާމް ވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން އިންގިރޭސީ ބަސް ދަސްކޮށްދޭ ޕްރޮގްރާމުވެސް ހުށަހަޅާދެއްވާފައެވެ. އަދި މީގެ އިތުރުން ބައެއް ނޫސް މަޖައްލާތަކުގެ އެޑިޓަރުކަންވެސް ނިޒާމް ވަނީ ކުރައްވާފައެވެ.ނިޒާމަކީ ރާއްޖޭގައި ދާދިފަހުން ހުޅުވުނު އެމްއައި ކޮލެޖްގެ ވައިސް ރެކްޓަރ އެވެ. އޭނާ ނިޔާވުމާ ގުޅިގެން އެކޮލެޖްގެ ކިޔެވުން ވަނީ 2 ދުވަހަށް ބަންދުކޮށްފައެވެ.ނިޒާމްގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މާދަމާ މެންދުރު ނަމާދަށްފަހު އިސްލާމީމަރުކަޒުގައެވެ.