ޚަބަރު

24ވަނަ ގްލޯނެޓް ފެއަރ މާދަމާ ފަށަނީ


މަތީ ތަޢުލީމުގެ ފުރުޞަތުތަކާއިބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ކޮންމެ އަހަރަކު ގްލޯނެޓުން ބާއްވާ ގްލޯނެޓް އެޑިއުކޭޝަން ފެއަރ މާދަމާ ފެށުމަށް ހަމަޖައްސައިފިއެވެ.

ގްލޯނެޓުން މިއަހަރު ބާއްވާ ފުރަތަމަ ފެއަރ ކުރިއަށް ދާނީ މިމަހުގެ ސައްބީހުން ހަތާވީހަށް ކޮންމެ ދުވަހަކު ހަވީރު ފަހަކުން ރޭގަނޑު ދިހަޔަކަށް ނޭޝަނަލް އަރޓް ގެލަރީގައެވެ. މިއީ ގްލޯނެޓުން ބާއްވާ 24ވަނަ ތަޢުލީމީ ފެއާއެވެ. ގްލޯނެޓުން ބާއްވާ މިފަހަރުގެ ފެއާރއަށް ވަނުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާއިރު އެހެން އަހަރުތަކެކޭ އެއްފަދައިން މިފަހަރުގެ ފެއަރގައިވެސް މަތީ ތަޢުލީމު ފޯރުކޮށްދޭ ބޭރުގެ ޔުނިވަރސިޓީތަކާއި މަރުކަޒުތަކުން ބައިވެރިވެއެވެ.

އެގޮތުން މެލޭޝިޔާގެ މަޝްހޫރު 15 ޔުނިވަރސިޓީއަކާއި މެލޭޝިޔާގެ އަމިއް ކޮލެޖުތަކުން ބައިވެރިވެއެވެ. މީގެ އިތުރުން މިފަހަރުގެ ފެއަރގައި އަޔަރލޭންޑްގެ ކޮލެޖަކުންވެސް ބައިވެރިވެއެވެ. މި ފެއާރގައި ބައިވެރިވާ ބައެއް ޔުނިވަރސިޓީތަކުން ދިހައެއް އިންސައްތައާއި ފަންސާސް އިންސައްތައާ ދެމެދުގެ ސްކޮލަރޝިޕް ނުވަތަ ޓިއުޝަން ފީގެ ޑިސްކައުންޓް ލިބެން ހުންނާނެކަމަށް ގްލޯނެޓުން ބުނެއެވެ.

މިފެއާގެ އަމާޒަކީ ރައްޖޭގެ ކިޔަވާކުދިންނާއި، ޢާއްމުން މަތީތައުލީމްގެ ފުރުސަތު ތަކަށް ހޭލުންތެރިކުރުމާއި، މިހާރު ސެކަންޑްރީ ތައުލީމް ހާސިލްކުރަމުންދާކުދިން، ޖީސީ އީ އޯލެވެލް އަދި އޭލެވެލްގައި ރަގަޅު ނަތީޖާ ހޯދުމަށް ހިއްވަރުދީ،ކިޔެވުމަށްޝައުގުވެރިކުރުވުމެވެ. މި ފެއާއަކީ ރާއްޖެއިންބޭރަށް ކިޔަވަން ދާންބޭނުންވާ ފަރާތްތަކަށް ކޯސް އިޚްތިޔާރުކުރުމާއި، ކޮލެޖް އިޚްތިޔާރުކުރުމަށް ބޭނުންވާނެ ފުރިހަމަ މަޢުލޫމާތު ލިބިދިނުމާއި އެކުދިން ކިޔަވަންބޭނުންވާ ދާއިރާ އިޚްތިޔާރުކުރުމުގައި އެހީތެރިވެދިނުމަށް ހިންގާ ފެއާއެކެވެ.