ސިޔާސީ

ނާއިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކުގެ ބިލު ބަލައިގަނެ، 7 މެންބަރުންގެ ކޮމެޓީއަކަށް


ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިގަނެ، ހަތް މެންބަރުންގެ ވަގުތީ ކޮމެޓީއަކަށް ބިލު ދިރާސާކުރަން ފޮނުވައިފިއެވެ.

އޭދަފުށީ ދާއިރާގެ މެންބަރ އަޙްމަދު ސަލީމް ހުށަހެޅުއްވި މި ބިލު ހަތް މެންބަރުންގެ ކޮމެޓީއަކަށް ފޮނުވާލަން ނިންމީ 31 މެންބަރުންގެ ވޯޓުންނެވެ.

  • ހަތް މެންބަރުންގެ ވަގުތީ ކޮމެޓީ:
  • 1- ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު
  • 2- ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ
  • 3- ތ. ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިން މަނިކު ދޮންމަނިކު
  • 4- މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފު
  • 5- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު
  • 6- ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހު
  • 7- ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު

ބިލުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކީ، ދައުލަތުގެ ޢިއްޒަތްތެރިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ރަސްމީގޮތުން މުޚާތަބުކުރުމުގައި އެމީހެއްގެ ނަމުގެ ކުރިއަށް "ނައިބު ރައީސް" މިލަޤަބު
ބޭނުންކުރެވިދާނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފައެވެ. އަދި އެފަދަ ބޭފުޅަކަށް ސަލާމަތީ ބާރުތަކުން ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ އިތުރުން ޤައުމީ ޔުނިވަރސިޓިގެ ބިލަށްވެސް މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފައެވެ. މި ބިލު ދިރާސާކުރި ކޮމެޓީން ބިލު އިތުރަށް ދިރާސާކުރަން ބޭނުންވާތީ، އެ ބިލު އަނބުރާ ވަނީ ޤައުމީ ތަރައްޤީ ކޮމެޓީއަށް ފޮނުވާލައިފައެވެ. މީގެއިތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން، މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނެސްފައިވާ ބަދަލުތައްވެސް މަޖިލީހުން މިއަދު ފާސްކޮށްފައެވެ.