ޚަބަރު

ސްވިމިންގް އެސޯސިއޭޝަންގެ ސްކޮޑެއް އައްޑޫސިޓީގައި އެކުލަވާލައިފި


ސްވިމިންގް އެސޯސިއޭޝަނުން، އައްޑޫސިޓީގައި ސްވިމިންގް ސްކޮޑެއް އެކުލަވާލައިފިއެވެ.

ސްވިމިންގް އެސޯސިއެޝަނުން މައުލޫމާތު ދޭ ގޮތުގައި އައްޑޫގައި ވަނީ 14 ފެތުންތެރިން ހިމެނޭ ސްކޮޑެއް އެކުލަވާލައިފައެވެ. އެއީ އަންހެން 8 ފެތުންތެރިންނާއި ފިރިހެން 6 ފެތުންތެރިންގެ ސްކޮޑެކެވެ. މި ސްކޮޑް ނެގުމަށް މިމަހުގެ 9 ވަނަ ދުވަހު ވަނީ ޓްރައިއެލް އެށް ބާއްވާފައެވެ. މިސްކޮޑު ނަގާފައިވަނީ އެކި އިވެންޓު ތަކުން ކުދިންގެ ޕާފޯމެންސަށް ބަލައިގެންނެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން ސްވިމިންގް އެސޯސިއޭޝަންގެ ސެކެރެޓާރީ ޖެނެރަލް މުހައްމަދު ޝާރިފް ބުނީ މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި އެސޯސިއޭޝަންގެ ސްކޮޑެއް އެކުލަވާލި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިފަދަ ސްކޮޑެއް އެކުލެވުމުގެ ބޭނުމަކީ ޤާއުމީ ފެންވަރުގެ ފެތުންތެރިން ރާއްޖޭގެ އެކި ކޮޅުތަކުގައި ބިނާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިސްކޮޑުގެ ތަމްރީނުތަށް ވަރަށް އަވަހަށް ފަށާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ. އަދި މިހާރު ކޯޗުން ނެގުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެސޯސިއޭޝަން ބުނެއެވެ.