އދ. ގެ އިންސާނީ ހައްގުތަކާއި ބޭހޭ ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ތަޤުރީރު ކުރެއްވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޖެނީވާއަށް ވަޑައިގަންނަވައިފިއެވެ.
އދ. ގެ އިންސާނީ ހައްޤުތަކާއި ބޭހޭ ކައުންސިލުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޝާހިދު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 06:00 ގައެވެ.
ސާޅީސް ހަތް ޤައުމުގެ މައްޗަށް އެކުލެވޭ އދ. ގެ އިންސާނީ ހައްޤުތަކާއި ބޭހޭ ކައުންސިލުގެ 40 ވަނަ ބައްދަލުވުމުގައި ރައީސުންނާއި ބޮޑު ވަޒީރުންނާއި މިނިސްޓަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އެ ބައްދަލުވުމުގައި ބައެއް ޤައުމުތަކުގެ މިހާރުގެ ހާލަތު ބެލުމަށް ޙަވާލުކޮށްފައިވާ އދ. ގެ އެކި ކޮމިޝަންތަކުގެ ރިޕޯޓުތައް ހުށަހެޅުމާއި މަރުގެ ޙުކުމް ތަންފީޒު ކުރުން ފަދަ މުހިންމު ހަ ކަމެއްގެ މައްޗަށް ބަހުސް ކުރުމަށް ވަނީ ތާވަލު ކޮށްފައެވެ.
ޖުމްލަ ސާޅީސް ހަތް ޤައުމުގެ މައްޗަށް އެކުލެވޭ އދ. ގެ އިންސާނީ ހައްގުތަކާއި ބޭހޭ ކައުންސިލު އުފައްދާފައި ވަނީ މީގެ 13 އަހަރު ކުރިންނެވެ.