ސިއްހަތު

އޭޑީކޭ އިންދޭ ބައެއް ހިދުމަތްތައް ރަސްމީކޮށްދޭން ފަށައިފި


އޭޑީކޭ ހޮސްޕިޓަލްއަށް އަށާވީސް އަހަރު ފުރުމާއި ގުޅިގެން އެ ހޮސްޕިޓަލްއިންދޭ ބައެއް ހިދުމަތްތައް ރަސްމީކޮށްދޭން ފަށައިފިއެވެ.މި ހިދުމަތްތަކުގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގެ ހިދުމަތާއިކުޑަކުދިންނަށް ހާއްސަ ހިދުމަތްދޭ އައިސީޔޫއެއް ވަނީ ރަސްމީކޮށް ހުޅުވާފައެވެ.އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވީ ހޮސްފިޓަލްއެއްގެ ތެރެއިން ކުދިން ތަމްރީނު ކުރުމަށްޓަކައި ސްކޫލެއް ހެދުމަށް ދޮޅުއަހަރު މަސައްކަތް ކުރެވުނު ކަމަށާއި މިއަދުން ފެށިގެން ކޯސްތަކެއް ކުރިއަށް ގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ 75 އިންސައްތައަކީ ބޭރު މީހުން ކަމުން، މި ދާއިރާއަށް އިތުރު ބައެއް ނެރެންޖެހޭ ކަމަށެވެ.އައްފާލް ވިދާޅުވީ ރާއްޖެއިން ބޭރުންދެވޭ ފަރުވާއާއި އެއްފެންވަރަކާއި ގާތަށް ހޮސްފިޓަލް އިން ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މުސްތަގުބަލުގައި އެތަނުންދޭ ހިދުމަތުގެ ފެންވަރު މިހާރަށްވުރެއް ބޮޑަށް ރަގަޅުވެގެން ދާނެ ކަމަށެވެ.