ސިޔާސީ

ޑިފެންސް މިނިސްޓަރ ޖަލީލްއަށް ރުހުން ދިނުމަށް ނިންމައިފި


ޑިފެންސް މިނިސްޓަރ މޫސާއަލީ
ޖަލީލަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީސަލާމަތު ކޮމިޓީން ރޭ
ފާސްކޮށްފިއެވެ. ކޮމިޓީގެ މުޤައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު
އެމްބީސީއަށް ވިދާޅުވީ، ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލަށް ރުހުން ދޭން
ފެންނަކަމަށް ފާސްވީ ވޯޓްގައި ބައިވެރިވި ހަތް މެމްބަރުންގެ ތެރެއިން ހަ މެމަބަރުންގެ
އަޣްލަބިއްޔަތުންކަމަށެވެ. ރޭގެ ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީން
ބައިވެރިވެފައެއްނުވޭ. ރިޔާޒް ވިދާޅުވީ، ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ރައީސްއަށް
މާދަމާގެ ވަގުތެއްގައި ފޮނުވާނެކަމަށެވެ. ކުރިން ޑިފެންސް މިނިސްޓަރ ކަމުގެ
މަޤާމްގައި ހުންނެވި ކާނަލް މުހައްމަދު ނާޒިމް ވަކިކުރެއްވުމަށްފަހު އެމަޤާމަށް
މޫސާ އަލީ ޖަލީލް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވަނީ، ޖެނުއަރީ މަހުގެ
ވިހިވަނަ ދުވަހުއެވެ.