ޓުއަރިޒަމް

ކޮކޯ އައިލެންޑް ރިސޯޓް މަރާމާތައް ބަންދުކުރަނީ


ކޮމޯ ކޮކޯ އައިލެންޑް ރިސޯޓް މަރާމާތައް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ރިސޯޓުން ބުނެފިއެވެ.

ކޮމޯ ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހިންގާ ޕްރައިވެޓް އައިލެންޑް ރިސޯޓެއްކަމަށްވާ ކޮމޯ ކޮކޯ އައިލެންޑް ރިސޯޓް މަރާމާތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހާއި ހަމައަށެވެ.

ރިސޯޓުގެ ރިނޮވޭޝަން މަސައްކަތްތައް ނިމި އަލުން ރިސޯޓް ހުޅުވާއިރު ވިލާތަކާއި، ރެސްޓޯރަންޓްގެ އިތުރުން ވެލްނެސް ސެންޓަރުވެސް މަރާމާތުކުރާނެކަމަށް އެ ރިސޯޓުން ބުނެއެވެ. މަރާމާތައް ބަންދުކުރާ ދުވަސްތަކުގައި ފަތުރުވެރިންނަށް އެ ރިސޯޓުން ޙިދުމަތްދެމުން ނުދާނޭކަމަށް އެ ރިސޯޓުން ބުނެއެވެ. ނަމަވެސް ކޮމޯ ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހިންގާ ކޮމޯ މާލިފުށި ރިސޯޓުން ފަތުރުވެރިންނަށް ޙިދުމަތްދޭނެކަމަށް އެ ކުންފުނިން ބުނެއެވެ. ތ. އަތޮޅުގައި އޮންނަ ކޮމޯ މާލިފުށި ރިސޯޓަށް ސީޕްލޭންގައި 1 ގަޑިއިރުން ދެވެއެވެ.

ކޮމޯ ކޮކޯ އައިލެންޑް ރިސޯޓް ހުޅުވާފައިވަނީ 2002 ވަނަ އަހަރުގެ ތެރޭގައެވެ. މި ރިސޯޓުގައި 33 އޯވާވޯޓަރ ވިލާ ހުރެއެވެ.