ޚަބަރު

ބްރިޖްމަތީގައި އެކްސިޑެންޓެއް ހިނގައި ދެކުއްޖަކަށް އަނިޔާވެއްޖެ


ސިނަމާލެ ބްރިޖްގައި އެކްސިޑެންޓެއް ހިންގައި ދެ މީހުންނާއި ކުޑަ ދެކުދިންނަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓް ހިންގާފައިވަނީ ހުޅުމާލެއިން މާލެއައި ދެ ސަކަަލު ޖެހިގެންކަމަށެވެ. މި އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 6:30 ހާއިރުއެވެ.

މި އެކްސިޑެންޓް ހިންގި 2 ސައިކަލުގެ ތެރެއިން އެއް ސައިކަލުގައި ތިބީ 17 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހެކެވެ. މީގެތެރެއިން 18އަހަރުގެ މީހާގެ ކޮލު ކަށިގަނޑު ބިންގައިގެންގޮސް، އެކި ވަރުގެ އަނިޔާތައް ލިބި އޭޑީކޭ ހޮސްޕިޓަލްގައި ގެންދަނީ ފަރުވާދެމުންނެވެ.

އަނެއް ސައިކަލުގައި ތިބީ 43އަހަރުގެ ފިރިހެނަކާއި، 13އަހަރުގެ ކުއްޖެކެވެ. މީގެތެރެއިން 43 އަހަރުގެ ފިރިހެން މީހާ ކޮނޑު ހުޅުންނެއްޓި، ބަނޑުގެ ހަންގަނޑު މަށައިގެންގޮސް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލްގައި ގެންދަނީ ފަރުވާދެމުންނެވެ. އެކްސިޑްނޓްވި 17 އަހަރާއި 13 ގެ ކުއްޖާއަށް މާބޮޑު ގެއްލުމެއް ވެފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ކުދިންނަށް ލިބުނު ގެއްލުމަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

މި އެކްސިޑެންޓްގައި، 18 އަހަރާއި 17 އަހަަރުގެ ކުއްޖާ ދުއްވަމުންދިޔަ ސައިކަލު ފުލުހުންވަނީ ޓޯކޮށްފައެވެ.