ސިޔާސީ

މާފުށީ ޖަލުގައި ނަޝީދު ބެހެއްޓުމަށް ހާއްސަ ތަނެއް ތައްޔާރު ކުރަނީ


ރައީސް ނަޝީދު ގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޒްކުރުމަށް
މާފުށީ ޖަލުގައި ހާއްސަ ތަނެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ފަށައިގެން
ކުރިއަށްދާކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.



އެމްބީސީ ނިއުސްއާއި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު
ހުޝާމް ވިދާޅުވީ،  މާފުށީ
ޖަލުގައި ރައީސް ނަޝީދު ބެއްހެޓުމުގެ ހާއްސަ އިންތިޒާމެއް ޤާއިމްކުރުމުގެ
މަސައްކަތް ފަށައިގަނެގެން ކުރިއަށްދާކަމަށާއި، މިހާރު ކުރިއަށްދަނީ މާފުށީ
ޖަލުގައި އެފަދަ ތަނެއްޤާއިމްކުރުމަށް އެކަށޭނަ ތަނެއް ފާހަގަކުރުމުގެ މަސައްކަތްކަމަށެވެ.
އެގޮތުން ރައީސް ނަޝީދު އާ އެންމެ އެކަށޭނަ ސެކިއުރިޓީގެ އިންތިޒާމުތައް
ހަމަޖެއްސުމަށް އިސްކަން ދެވޭނެކަމަށާއި، ހަފްތާއެއްހާ ދުވަހުގެތެރޭގައި އެތަން
ޤާއިމްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް ހުޝާމް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މައްޗަށް ރޭ ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅިގެން ހޯމް
މިނިސްޓަރ ވިދާޅުވެފައިވަނީ މާފުށީ ޖަލުގައި އެމަނިކްފާނު ހައްޔަރުކޮށްފައި
ބަހައްޓާނެ ޚާއްސަ ތަނެއް ހެދެންދެން ދޫނިދޫގައި ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ.



ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު،
ގަދަކަމުން ފޮރުވުމުން ޓެރަރިޒަމްގެ ކުށުގައި ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ރޭ
ކްރިމިނަލް ކޯޓުންވަނީ ހުކުމްކޮށްފައެވެ.