ވިޔަފާރި

މަންތާ އެއަރގެ ދަތުރުތައް ފެށުމަށް ސިވިލް އޭވިއޭޝަނުން ހުއްދަ ދީފި


މަންތާ އެއަރގެ ދަތުރުތައް ފެށުމަށް ސިވިލް އޭވިއޭޝަނުން ހުއްދަ ދީފިއެވެ.

މަންތާ އެއަރއިން ބުދަ ދުވަހުވަނީ ރާއްޖޭގައި އުދުހުމުގެ ހުއްދަ ހޯދުމުގެ މުޙިއްމު އެއް ބައި ކަމަށްވާ ޕްރޫވިންގ ދަތުރު ކޮށްފައެވެ. އެގޮތުން މަންތާ އެއަރލައިންގެ ޕްރޫވިންގ ދަތުރުކޮށްފައިވަނީ ދ. ކުޑަހުވަދޫއަށެވެ.
މަންތާ އެއަރ އިން ބުނީ، ދަތުރުތަކުގެ އަގުތަކާއި އެނޫންވެސް މައުލޫމާތުތައް އަންނަ އާދީއްތަ ދުވަހު އިޢުލާންކުރާނެ ކަމަށެވެ.

މަންތާ އެއަރގެ ދަތުރުތައް ފުރަތަމަ ފަށަން ހަމަޖެހިފައިވަނީ ދ.ކުޑަހުވަދޫއަށެވެ. މަންތާގެ ޚިދުމަތްތައް ފަށައި މަސައްކަތްތައް ފުޅާވުމާއެކު އިތުރު ސަރަޙައްދުތަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މަންތާ އެއަރއިން ބުނެއެވެ.

މަންތާ އެއަރއިންވަނީ އެތެރޭގެ އުދުހުންތަކަށް 2 މަތިންދާ ބޯޓު ގެނެސްފައެވެ. އަދި މިއަހަރުތެރޭ ތިންވަނަ މަތިންދާބޯޓެއް ރާއްޖެ ގެންނާނެކަމަށްވެސް މަންތާ އެއަރއިން މީގެކުރިންވަނީ ބުނެފައެވެ.

ވައިގެ ދަތުރުތަކަށް މަތިންދާބޯޓުގެ އިތުރުން ސީޕްލޭންގެ ދަތުރުތައް ފެށުމަށް ވެސް މަންތާ އެއަރއިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން 6 ސިޕްލޭން ރާއްޖެއަށް ގެންނަން ހަމަޖެހިފައިވާއިރު މި ސީޕްލޭންގެ ދަތުރުތައް މި އަހަރުތެރޭ ފަށާނެ ކަމަށް މަންތާ އެއަރއިން ބުނެއެވެ.