ޚަބަރު

ކައުންސިލް ކަޕްގެ ރޭގެ މެޗްތައް ހުދުރަންފުއްޓާއި މަކުނުދޫ ކާމިޔާބުކުރުން


ހުރާ ކައުންސިލުން އިންތިޒާކޮށްގެން ކުރިޔަށްގެންދާ "ކައުންސިލް ކަޕް" ގައި ރޭ ކުޅުނު މެޗުތައް ހުދުރަންފުއްޓާއި މަކުނުދޫ ކާމިޔާބުކޮށްފިއެވެ.

ރޭ ހުދުރަންފުށި ކުޅުނު މެޗު އެޓީމު ކާމިޔާބުކުރީ ރަންމަ އާއި ވާދަކޮށް ފަހެއް ސުމެއްގެ ނަތީޖާއަކުންނެވެ. ކުޅުނު ދެ މެޗު މަކުނުދޫ އެފް،ސީ ކާމިޔާބުކުރީ ބްރޭވް ޝޫޓާއި ވާދަކޮށް ފަސް ލަނޑު ތިން ލަނޑުންނެވެ.

މި މުބާރާތަކީ ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން މުޅިރާއްޖޭއަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެއް. އެގޮތުން މިއަހަރުގެ މުބާރާތުގައި އަށާރަ ޓީމެއް ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިޔަށްދަނީ މި އަށާރަ ޓީމު ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އަންނަނީ އެކި ޓީމުތަކަށް ކުޅެމުންނެވެ. އަދި ފުރަތަމަ ޑިވިޝަންގައި ކުޅެމުންއަންނަ ކުޅުންތެރިންނާއި ކުރީގެ ނަން މަޝްހޫރު ކުޅުންތެރިންވެސް މި މުބާރާތުގައި އަންނަނީ ކުޅެމުންނެވެ.

މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. އެއަހަރަށް ފަހު ދަނޑުގައި ޓާފު އަޅާ އިތުރަށް ތަރައްގީކުރުމަށްފަހު މުބާރާތް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.