ޚަބަރު

ހުޅުމާލޭގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި


ހުޅުމާލޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ގައި އަނިޔާވި މީހަކަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.އައިސޫގައި ފަރުވާދެމުންދަނީ ބިދޭސިއަކަށްކަމަށްވެސް ފުލުހުން ބުނެއެވެ.ފުލުހުން ބުނީ ރޭ ދަންވަރު އެކެއްޖަހާއިރު އެ އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ހިނގާފައި ދިޔަ ބިދޭސި މިހާގެ ގައިގަ ޖެހިގެންކަމަށެވެ. އަދި ސައިކަލުގައި ތިބި ދެމީހުންނަށްވެސް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ.މި ހާދިސާ ހިނގިގޮތް ފުލުހުން ގެންދަނީ ތަހްގީގުކުރަމުންނެވެ.