ޚަބަރު

"މަސްދޯނި އެކައުންޓު" އިފްތިތާޙް ކޮށްދެއްވުމަށް ރައީސް ހުވަދުއަތޮޅަށް ވަޑައިގެންފި


"މަސްދޯނި އެކައުންޓް" އިފްތިތާހު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ގއވިލިނގިއްޔަށާއި، ކޫއްޑޫއަށް މިއަދު ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސް ޞާލިޙު އެންމެ ފުރަތަމަ ވަޑައިގެންނެވީ ގއ. ކޫއްޑޫއަށެވެ. ކޫއްޑޫއަށް ފައިބައިވަޑައިގެންނެވުމާއެކު އެމަނިކުފާނަށް ވަރަށް ޙޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ. ކޫއްޑޫއަށް ވަޑައިގެން ރައީސް ޞާލިޙު ވަނީ އެރަށުގެ ޖެޓީ ސަރަޙައްދު ބައްލަވައިލައްވާފައެވެ.

ކޫއްޑޫއަށްފަހު ރައީސް ޞާލިޙު ދެން ވަޑައިގެންފައި ވަނީ ގއ. ވިލިނގިއްޔަށެވެ. ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން ގއ އަތޮޅު ކައުންސިލާއި، ވިލިނގިލި ކައުންސިލާއި، ރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަސް ދޯނި އެކައުންޓަކީ، މަސްވެރިންނަށް ޚާއްސަކޮށްގެން ސަރުކާރުން ޤާއިމްކުރާ ބޭންކިންގ ނިޒާމެކެވެ. އަދި އެއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.