ޚަބަރު

އެމްއެންޑީއެފުން ހަތިޔާރެއް ނުގެއްލޭ- އެމްއެންޑީއެފް


ސިފައިންގެ ބޭކަލެއްގެ އަތުން ނުވައެއް އެމްއެމްގެ ފިސްތޯލައެއް ގެއްލިފައިވާކަމަށްބުނެ ސޯޝަލް މީޑިޔާގައި ފެތުރެމުންދާ  ހަބަރުތައް އެމް އެންޑީ އެފުން ދޮގުކޮށްފިއެވެ.މިކަމާއި ގުޅިގެން ގައުމީ ދިފާއީ ބާރުގެ ރަސްމީ ވެބަސައިޓްގައި އާންމުކޮށްފައިވާ ކުރު ބަޔާނެއްގައި ބުނެފައިވަނީ ބައެއް ލޯކަލް މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި 9 އެމްއެމްގެ ފިސްތޯލައެއް ސިފައިންގެ ބޭކަލެއްގެ އަތުން 2014 ވަނަ އަހަރު ރިސޯޓަކަށް ގެއްލިފައި ވާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށެވެ. އަދި ސިފައިންގެ ހަތިޔާރު އިންވެންޓްރީއިން އެއްވެސް ހަތިޔާރެއް އުނިވެފައި ނެތް ކަމަށްވެސް އެމް އެންޑީއެފުން މައުލޫމާތުދެއްވައެވެ.