ޚަބަރު

ލިއޯން - ބާސެލޯނާ މެޗު އެއްވަރު


ޗެމްޕިއަންސް ލީގުގައި ލިއޯން ކޮޅަށް ފުލުފުލުގައި އުފެއްދި ހަމަލާތަކުން ވެސް ގޯލެއް ނުޖެހި ބާސެލޯނާއާއި ލިޔޯންގެ މެޗު އެއްވަރުވެއްޖެއެވެ.

މި މެޗުގައި ބާސެލޯނާއިން 25 ހަމަލާ އުފެއްދި ނަމަވެސް ލިއޯންގެ އަމިއްލަ ދަނޑުގައި އެޓީމުގެ ޑިފެންސް ފެނުނީ ވަރަށް ވަރުގަދަކޮށެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ މެޗަށް ފަހު ބުނީ ލަނޑު ޖަހަން ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް ލިއޯން ފެނިގެންދިޔައީ ވަރަށް ބެލެންސް ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި ދެ ވަނަ މެޗުގައި ބާސެލޯނާގެ ދަނޑުގައި މޮޅުވެވޭނެ ކަމުގެ ޔަގީން އެބައޮތް ކަމަށް ވަލްވާޑޭ ބުންޏެވެ.

ބާސެލޯނާ އަށް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި މިފަހަކަށް އައިސް މުޅިން ވެސް ކުރިމަތިވަނީ ނާކާމިޔާބެވެ. މި ގޮތުން މިދިޔަ ދެ ސީޒަނުގައި ވެސް ކެޓީ ކުއާޓާ ފައިނަލުންނެވެ.

ހާއްސަކޮށް ފުރަތަމަ ލެގުގެ މެޗުތަކުގައި ބާސެލޯނާގެ ނަތީޖާ ގޯހެވެ. ވަލްވާޑޭ ބުނީ އެފަދަ ކަންކަމަށް އޭނާގެ ޓީމު ފަރުވާތެރިވާނެ ކަމަށެވެ.