ޓުއަރިޒަމް

ސިޔާސީ ހަލަބޮލިކަމުގެ އަސަރު ފަތުރުވެރިކަމަށް އަދި ނުކުރޭ-


މިހާރު ރާއްޖޭގައި ކުރިއަށްދާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ފަތުރުވެރިކަމަށް އޭގެ އަސަރު އަދި ނުކުރާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.މިއަދު މޯލްޑިވްސް މަރކެޓިން އެންޑް ޕީއާރު ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވީދާޅުވީ 2012 ވަނަ އަހަރު ކުރިމަތިވި ފަދަ ކްރިސިސްއެއް މިހާރު ކުރިއަށްދާ ސިޔާސީ ހަލަބޮލުކަމުގެ ސަބަބުން އަދި ކުރިމަތިނުވާ ކަމަށެވެ.މީގެ އިތުރުން މިކަމުގެ ސަބަބުން މިހާތަނަށް ބުކިންސްތައް ކެންސަލްކޮށްފައި ނުވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.