ޚަބަރު

ގްލޯބަލް މަނީ ވީކް ހާއްސަ ހަރަކާތްތަކަކާއިއެކު ފާހަނގަކުރަނީ


ޗައިލް އެންޑް ޔޫތު ފައިނޭންސް އިންޓަރނޭޝަނަލްއިން އިސްނަގައިގެން ފާހަގަކުރަމުންދާ ގްލޯބަލް މަނީ ވީކް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ހާމަކޮށްފިއެވެ.އެމްއެމްއިން ބުނީ ޗައިލް އެންޑް ޔޫތް ފައިނޭންސް އިންޓަރނޭޝަނަލް އިން ގްލޯބަލް މަނީވީކްގެ މިއަހަރުގެ ޝިޔާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ސޭވް ޓުޑޭ، ސޭފް ޓުމޯރޯ" ކަމުގައެވެ.އެގޮތުން ކުޑަކުދިންނާ ޒުވާނުންނަށް ހާއްސަކޮށްގެން ފައިސާގެ މުއާމަލާތްތަކާއި ފަހަށް ރައްކާކުރުމާއި ކުރިމަގު ބިނާކުރުމާއި ވަޒީފާގެ ފުރުސަތުތަކާއި އުފެއްދުންތެރިކަމާއި ގުޅުން ހުރި މައުލޫމާތު މި ހަފްތާތެރޭގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.މީގެ އިތުރުން މިހަފްތާތެރޭގައި ސްކޫލް ކުދިންނަށް ހާއްސަކޮށްގެން މާލީ އަދި އިގްތިސާދީ ދާއިރާއާ ގުޅޭ ކުއިޒެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި ހަމަމިއާއިއެކު "ޝަޓަރ ބަގް ޗެލެންޖް"ގެ ނަމުގައި ފޮޓޯގްރަފީ އަދި ވީޑިއޯ ގްރަފީ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.މިމަހުގެ ނުވަނަ ދުވަހު ފެށި މި ޕްރޮގްރާމް މިމަހުގެ ސަތާރަވަނަ ދުވަހާހަމައަށް ކުރިއަށްދާނެކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.