ނ.ލަންދޫގައި ކުރިއަށްގެންދާ ޔޫޓޫޖޭ އެކަޑަމީގެ ފުރަތަމަ ފިއެސްޓާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ފުޓްބޯޅައާއި ހޭންޑްބޯޅަ ހިމަނައިގެން ކުރިއަށްގެންދިޔަ ފިއެސްޓާގެ ލެވެލް 1 ގެ ކޮންމެ ކުއްޖަކަށް ވަނީ މެޑަލް ދީފައި. ލެވެލް 2 ގެ އެންމެ މޮޅު ގޯލް ކީޕަރަކީ މުޙައްމަދު ރަޔާންއެވެ. އެންމެ ގިނަ ލަނޑުޖެހީ އަބުދުﷲ ޝިޒާންއެވެ. އެންމެ މޮޅު 3 ކުޅުންތެރިންނަކީ މުޢާޝް ބިން މުޢާވިޔަތާއި، އަހުމަދު ހުޒާނުއާއި، އަބުދުﷲ ޝިޒާންއެވެ.
ލެވެލް 3 ގެ އެންމެ މޮޅު ގޯލް ކީޕަރަކީ ޙަސަން އަޒްލީންއެވެ. އެންމެ ގިނަ ލަނޑު ޖެހީ މުޙައްމަދު އުލްވާންއެވެ. އެންމެ މޮޅު ތިން ކުޅުންތެރިންނަކީ އިބްރާހީމް ވިޝާލްއާއި، ހުސެއިން ޝަންމާންއާއި، މުޙައްމަދު އުލްވާންއެވެ.
މުޅި ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިޔާ ކިންގް އޮފް ދަ ޕްލެޔަރއަކަށް ހޮވުނީ ލެވެލް ދޭއްގެ ބްލޫ ޓީމްގެ އަބުދުﷲ ޝިޒާންއެވެ.
ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ރާއްޖެއަށް ފުޓްބޯޅައިން ފުރަތަމަ ރަން މެޑަލް ހޯދައިދިން ކެޕްޓަން އަސްއަދު އަބުދުލްޣަނީ ބުނީ އެކަޑަމީ ހިންގުމަކީ ބުރަކަމެއް ކަމަށާއި، އެހެންކަމުން ކުޅިވަރުގެ ޒުވާން ޖީލަށްޓަކައި މިމަސައްކަތް ކުރާތީ އެކަޑަމީގެ ދެ ފައުންޑަރުންކަމަށްވާ ޔޫސުފް އަބުދުއްރަހީމާއި، ހުސެއިން ޖަވާދަށް ޝުކުރު އަދާކުރާކަމަށެވެ