ޚަބަރު

ސެނަހިޔާ ކައިރީގައި ހިންގި އެކްސިޑެންޓާއި ގުޅިގެން ޑްރައިވަރުގެ ޓެކްސީކުރުމުގެ ހުއްދަ ބާޠިލުކޮށްފި


ކަފިހިހުރަސް މަތިން ހުރަސްކުރަނިކޮށް ކާރަކުށް ޖެހިގެން ހިނގި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާގެ ޓެކްސީ ކުރުމުގެ ހުއްދައާއި ލައިސަންސް ޓްރާސްޕޯޓް މިނިސްޓްރީއިން ބާޠިލުކޮށްފިއެވެ.

އެމިނިސްޓްރީން ވިދާޅުވީ ޤާނޫނުގެދަށުން އެމީހާގެ ލައިސަންސް 2އަހަރު ދުވަހުގެ މުއްދަތައް ހިފަހައްޓައި، އެ މީހާއަށް ދޫކޮށްފައިވާ ޓެކްސީކުރުމުގެ ހުއްދަވެސް ބާޠިލުކޮށްފައިވާކަމަށެވެ.
މި ޙާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަދުވަހު ސެނަހިޔާ ހޮސްޕިޓަލު ކުރިމަތިން ކަފިހި ހުރަހުން ހުރަސްކުރަނިކޮށް، ބާރު ސްޕީޑްގައި ޓެކްސީ ދުއްވާފައިދިއުމާ ގުޅިގެންނެވެ.

މިހާދިސާ ހިނގީ ހަފިހި ހުރަސްމަތިން ދެމީހަކު ހިންގާފައި ދަނިކޮށް، ކާރުންޖެހުނުމީހާ ވެއްޓުނުވަގުތު ކައިރީގައި ހުރި މިހާގެ ގައިގައި ޖެހިގެން، އެމީހާ ބިންމައްޗައް ވެއްޓި ބޯ ޖެހިގެންނެވެ. ޢުމުރުން 46 އަހަރުގެ މި އަންހެންމީހާގެ ބޮލަށް ބޮޑެތި ހާނީއްކަތަކެއްވެ، އެމީހާއަށް މިހާރުވެސް ގެންދަނީ އޭޑީކޭގައި ފަރުވަދެމުންނެވެ. އަދި އެމީހާއަށް މިހާރު ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައިކަމަށް މަޢުލޫމާތުލިބެއެވެ. މިމައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެގޮތުގައި ތަހްޤިޤުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.