ސިޔާސީ

ހެލްތް މިނިސްޓަރގެ މަޤާމަށް އަޙްމަދު ޡުހޫރު އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ހެންވޭރު މާބަނޑޭރިއާގެ ‏‏އަޙްމަދު ޡުހޫރު މިއަދު ޢައްޔަނު ކުރައްވައި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު، ‏‏ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.‏އަޙްމަދު ޡުހޫރަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، ‏‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.އަޙްމަދު ޡުހޫރަށް ‏ މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެމަނިކުފާނު ‏‏ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ‏‏އަލްއުސްތާޛު ޢަލީ ސަމީރު ކުރިފުޅުމަތީގައި ކުރެއްވިއެވެ.ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ ‏‏މެންބަރުންގެ ހުވާގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.