ވިޔަފާރި

"ކްރޮސްރޯޑްސް މޯލްޑިވްސް" މަޝްރޫއުއަށް މުވައްޒަފުން ހޯދުމަށް ޙާއްސަ ހަރަކާތެއް ބާއްވަނީ


ތައިލެންޑްގެ ސިންގހަ އެސްޓޭޓު ކުންފުނިން ކ. އެނބޫދޫފަޅުގައި ކުރިއަށް ގެންދާ "ކްރޮސްރޯޑްސް މޯލްޑިވްސް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހި މި އަހަރުގެ ދެވަނަ ކުއާޓަރގައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، އެތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ޙާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމާފައިފިއެވެ.

'ރެކްރޫޓްމަންޓް އޯޕަން ޑޭ' ނަމުގައި މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތޭވީސް އަދި ސައުވީސްވަނަ ދުވަހު ޗަމްޕާ ސެންޓްރަލް ހޮޓެލްގައެވެ.
މިކަމާއި ގުޅޭގޮތުން ސިންގހަ އެސްޓޭޓުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވާގޮތުން، މިހަރަކާތަށް ޒިޔާރަތްކުރާ މީހުން ސީވީ އަދި ފަހުގެ ފޮޓޯއެއް ގެނަން ޖެހެއެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އިންޓަރގްރޭޓެޑް ޓޫރިޒަމްގެ އެންމެ ބިޔަ މަޝްރޫޢު، (އެނބޫދޫ ލެގޫން) ހިންގާ ތައިލެންޑްގެ ސިންގ އެސްޓޭޓް ކުންފުނިން ބުނީ، ކްރޮސްރޯޑްސް މޯލްޑިވްސް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެންމެ ފުރަތަމަ ހުޅުވުމަށް ހަމަޖެހިފައިވަނީ ހާޑްރޮކް ހޮޓެލް ބްރޭންޑުގެ ރިސޯޓަކާއި "ކިއުރިއޯ ބައި ހިލްޓަން" ބްރޭންޑުގެ ރިސޯޓެކެވެ.

އެނބޫދޫ ލެގޫން މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްދާ ފަތުރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫޢެވެ. 9 ރަށުގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު އަކީ އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓުމަންޓެކެވެ. ޑެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އަންނަ އޮގަސްޓްމަހުގެ ނިޔަލަށް ނިންމުމަށްވަނީ ކަނޑައަޅާފައެވެ.