ޚަބަރު

ލިތުއޭނިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ތަހްނިޔާ ވިދާޅުވެއްޖެ


ލިތުއޭނިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ފޮރިންގ މިނިސްޓަރ ލީނަސް އަންޓަނާއަށް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ލިތުއޭނިއާގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހެވެ. ލިތުއޭނިއާގެ ފޮރިންގ މިނިސްޓަރަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރ ފޮނުއްވެވި ތަޙްނިޔާގެ މެސެޖުގައި ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެތަޙްނިޔާ ރައްދުކުރައްވާކަމަށެވެ.

މިނިސްޓަރ ޝަހިދު ވަނީ ދެޤައުމުގެ ރަޙްމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތާ ހަރުދަނާވެގެންދަނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. ލިތުއޭނިއާގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފުރަތަމަ ބޮޑޫ ހަނގުރާމައަށްފަހު ސޮވިއެޓް ޔޫނިއަންގެ ދަށުން ވަކިވެ މިނިވަން ދައުލަތެއް ޤައިމްކުރެވުނު ދުވަހެވެ.