ޚަބަރު

1000 ރުފިޔާގެ ނޫޓަކާއި 5ރުފިޔާގެ ފައިސާ ފޮއްޗެއް ތައާރަފް ކުރަނީ


ދައުރުވަމުންދާ ފައިސާގެ ތެރެއަށް 1000 ރުފިޔާގެ ނޫޓެއް މިއަހަރު ތެރޭގައި ތައާރްފްކޮށް މިހާރުގެންގުޅެމުންދާ ފަސްރުފިޔާ ނޫޓްގެ ބަދަލުގައި ފަސްރުފިޔާގެ ފައިސާ ފޮއްޗެއް އަންނަ އަހަރުން ފެށިގެން ތައާރަފްކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމައިފިއެވެ.އެމް.އެމް.އޭއިން މިކަން އިއުލާންކުރެއްވީ ރާއްޖޭގެ މީހާރު ބޭނުންކުރާ ނޫޓްތަކުގެ  ބަދަލުގައި އަލަށް ތައާރަފްކުރަން ނިންމާފައިވާ ރަންދިހަ ފަހެއެއްގެ ނޫޓް ސީރިޒްގެ ފަރުމާ ފާސްކޮށް އެކަން އިއުލާންކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބަދަލްވުމުއްގައެވެ.ރާއްޖޭގައި އަލަށް ތައާރަފް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މަސައްކަތް ކުރަމުންދާ ރަންދިހަފަހެއް ނޫޓް ސީރީޒްއާ ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ މުނާސަބަތާ ގުޅޭގޮތުން ނެރުމަށް ހަމަޖެހިފައިވާ ނަމޫނާ ނޫޓްގެ ފަރުމާ ފާސްކުރުމާއި ގުޅިގެން، އެމް.އެމް.އޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ގަވަރނަރ ޑރ. އަޒީމާ އާދަމް ވިދާޅުވީ، އަލަށް ތައާރަފްކުރެވޭ ރަންދިހަފަހެއް ނޫޓް ސީރީޒްގެ ތެރޭގައި 1000 ރުފިޔާގެ ނޫޓް ހިމަނައި މިހާރު ބޭނުންކުރަމުންދާ ފަސް ރުފިޔާ ނޫޓްގެ ބަދަލުގައި ފަސްރުފިޔާގެ ވަކި ފައިސާފޮއްޗެއް ނެރުމަށް އެމް.އެމް.އޭއިން ނިންމާފައިވާކަމަށާއި، އެގޮތުން އަންނަ އޮކްޓޫބަރު މަހު 10 ރުފިޔާ އާއި 50 ރުފިޔާގެ އިތުރުން މުޅީން އަލަށް 1000 ރުފިޔާގެ ނޫޓް ތާރާފްކުރައްވާނެކަމަށެވެ.ފަސްރުފިޔާގެ ފައިސާ ފޮއްޗާއި، 20 ރުފިޔާ ނޫޓާއި، 100 ރުފިޔާ ނޫޓެގެ އިތުރުން 500 ރުފިޔާގެ އާ ނޫޓް ތައާރަފްކުރެވިގެންދާނީ އަންނަ އަހަރުކަމަށް ގަވަރނަރ ވިދާޅުވިއެވެ.ގަވަރނަރ އަޒީމާ ވިދާޅުވީ ރަންދިހަފަހެއް ނޫޓް ސީރީޒްގައި 1000 ރުފިޔާގެ ނޫޓެއް ހިމަނަން ނިންމީ ކުރެވުނު ދިރާސާއަކަށް ފަހުކަމަށެވެ.ރަންދިހަފަހެއްގެ ނޫޓްތަށް ހުންނާނީ މިހާރުވެސް ދައުރުވާ ފައިސާގެ ސައިޒަށް ކަމަށާއި، އާ ސީރީޒްގެ ނޫޓް ތަކަކީ، ސަލާމަތީ ފިޔަވަޅުތަށް އެންމެ މިޒަމާނުގެ ޓެކްނޮލޮޖީއާ އެއްގޮތަށް ޑިޒައިން ކުރެވި، ޗާޕްކުރެވޭނީ ޕްލާސްޓިކް ބޭސްޑް ޕޮލިމާ މެޓީރިއަލްގައިކަމަށް ގަވަރނަރ ވިދާޅުވިއެވެ. އަދި އާނޫޓް ޗާޕްކުރަން ހަވާލުކުރާނީ މިހާރުވެސް ރާއްޖޭގެ ނޫޓް ޗާޕްކުރާ އިނގިރޭސި ވިލާތުގެ ޑިލާރޯ ކޮމްޕެނީއާ ކަމަށްވެސް ވިދާޅުވިއެވެ.ގަވަރނަރ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރުފުރޭ މުނާސަބަތާ ގުޅިގެން ނެރޭ ނަމޫނާ ނޫޓް އޮގަސްޓް މަހުގެތެރޭގައި ތައާރަފް ވެގެންދާނެކަމަށާއި، އެ ނޫޓްގެ މޫނުމަތީ އަގަކީ 5000 ރުފިޔާ ކަމަށެވެ.މި ނޫޓް ބޭނުންކުރެވޭނީ، ކަލެކްޓާސް އައިޓަމެއްގެ ގޮތުގައި ކަމަށް އަޒީމާ ވިދާޅުވިއެވެ.ރަންދިހަފަހެއް ނޫޓް ސީރީޒް އާއި ނަމޫނާ ނޫޓް ގެ ފަރުމާ ފާސްކޮށްފައިވަނީ، ޝޯޓް ލިސްޓްކުރި 3 ފަރާތުގެ ތެރެއިން ފައިނަލް 3 ޕްރޮޕޯޒަލްއެއް އެކަމަށް ކަނަޑއެޅުނު އެޑްވައިޒަރީ ކޮމެޓީގެ ލަފާގެ މަތިން އެމް.އެމް.އޭގެ ބޯޑުންނެވެ.ރަންދިހަފަހެއް ނޫޓް ސީރީޒް އާއި ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން އެމް.އެމް.އޭ އިން ނެރޭ ހަނދާނީ ނޫޓްތަކުގެ ފައިނަލް ފަރުމާގެ ގޮތުގައި ފާސްކޮށްފައިވަނީ، ބ. ކެނދޫ ޖަވާހިރުމާގެ އަބްދުﷲ ނަޝާތް ހުށައަޅާފައިވާ ޕްރޮޕޯސަލެވެވެ.ރަންދިހަފަހެއްގެ ހުރިހާ ނޫޓެއް އެއްފަހަރާ ތައާރްފްކުރުމުގެ ބަދަލުގައި އެކި ފަހަރުފަހަރު ނޫޓްތަށް ތައާރްފްކުރަންނިންމީ އާންމުންނާއި ފަރިތަވާނެގޮތަކަށް ވިސްނައިގެންކަމަށާއި، ކޮންމެ ނޫޓެއްވެސް ތައާރަފް ކުރުމާއެކު އެއް އަހަރުވަންދެން ދެ ޑިޒައިންވެސް ބޭނުންކުރަމުންދާނެކަމަށް، އެމް.އެމް.އޭން މައުލޫމާތުދެއެވެ.