ޚަބަރު

އިންޑިއާ އިން ހިފެހެއްޓި ރާއްޖޭގެ މަސް ދޯނި ދޫކޮށްލައިފި


އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ އެކުވެރި ގުޅުމަށް ބަލައި، އިންޑިޔާގެ ކޯސްޓްގާޑުން ހިފެހެއްޓި ރާއްޖޭގެ މަސްދޯނި ދޫކޮށްލައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އިންޑިއާގެ ސިފައިން ހިފެހެއްޓި މަސް ދޯނި މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެ ދޯނީގައި 12 މީހުން ތިބި ކަމަށެވެ. އިންޑިއާ ސިފައިން ހިފަހެއްޓި ދޯންޏަކީ "ވީވަރު" ނަމަކަށްކިޔާ މަސް ދޯންޏެކެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުންވަނީ ރާއްޖޭގެ މަސްވެރި އުޅަނދުތައް އަވައްޓެރި ޤައުމުތަކުގެ އިޤްތިޞާދީ ސަރަޙައްދަށް ނުވަނުމަށާއި، އުޅަދު ފަހަރު ޢަމަލު ކުރުމަށް ހެދިފައިވާ ރާއްޖޭގެ ޤާނޫނާ ޤަވާއިދަށް ޢަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.