ޚަބަރު

އެކްސިޑެންޓްވި ކާރު ދުއްވަން އިން ޑްރައިވަރު މަރުވެއްޖެ


ދުއްވާފައި ދަނިކޮށް ޑްރައިވަރަށް ފިޓްޖެހިގެން އެކްސިޑެންޓްވި ކާރުގެ ޑްރައިވަރަށް އައި.ޖީ.އެމް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މަރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުން ބުނީ މިއަދު ހަވީރު މަޖީދީމަގުން ދުއްވަމުން ދިޔަ ކާރު އެކްސިޑެންޓް ވެފައިވަނީ 3:35 އެހާކަންހާއިރުކަމާށާއި، މި އެކްސިޑެންޓް ހިގަން މެދުވެރިވީ ކާރު ދުއްވަންއިން ޑްރައިވަރަށް ފިޓުޖެހިގެންކަމަށް މިހާތަނަށް ކުރި ތަހްޤީގަށް އެނގޭކަމަށެވެ.މި އެކްސިޑެންޓްގައި ދެ ސައިކަލަކާއި އިތުރު ވެހިކަލަކަށް ގެއްލުން ލިބުނު ކަމަށާއި އެކްސިޑެންޓްވި ކާރަށް ވެސް ގެއްލުން ލިބިފައިވާކަމަށް ފުލުހުން  މައުލޫމާތުދެއެވެ.އޭނާ މަރުވެފައިވަނީ މިއަދު އިރުއޮއްސުނު ވަގުތުކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.