މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދުގެ ދަޢުވަތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އެޤައުމަށް ވަޑައިގެންފިއެވެ. 
ރައީސް މައުމޫނަކީ މަހާތީރު މުޙައްމަދުގެ ވަރަށް އަރިސް ބޭފުޅެކެވެ. ރައީސް މައުމޫން މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ ސިޓީފުޅެއް ރައްދުކޮށްދެއްވާނެކަމަށް ރައީސް މައުމޫން އިސްވެ ހިންގާ ސިޔާސީ ހަރަކާތް މައުމޫން ރިފީމް މޫވްމަންޓުން ބުނެއެވެ. 
ރައީސް މައުމޫނާއި މަހާތީރު މުޙައްމަދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް މައުމޫން އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ އެކާވީސް ވަނަ ދުވަހެވެ.
މެލޭޝިއާގެ މެލޭޝިޔާގެ 14 ވަނަ އާންމު އިންތިޚާބުގައި ހޯއްދެވި އުމުރުން 92 އަހަރުގެ މަހާތިރު މުޙައްމަދާއި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންވެސް މިދިޔަ އަހަރުގެ ފަހުކޮޅު ބައްދަލުކުރައްވާފައިވެއެވެ. 
1981 ވަނަ އަހަރުން 2003 ވަނަ އަހަރަށް މެލޭޝިޔާގެ ބޮޑު ވަޒީރުކަން ކުރެއްވި ދުވަސްވަރުވެސް މަހާތިރާއި ރައީސް މައުމޫން  އެތައް ފަހަރެއްގެ މަތިން ބައްދަލުކުރައްވާފައިވެއެވެ. 
ރައީސް މައުމޫން މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މައުމޫންގެ ސިޔާސީ ހަރަކާތް "މައުމޫން ރިފޯމް މޫވްމަންޓު"ގެ އިސް ބައެއް ބޭފުޅުންކަމަށްވާ އާއިމިނަތު ނާދރާއާއި، ޢަބްދުﷲ ކަމާލުއްދީންވެސް ބައިވެރިވެވަޑައިގަންނަވައެވެ.