ވިޔަފާރި

އުރީދޫގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަންނަ މާޗް މަހު


އުރީދޫ މޯލްޑިވްސްގެ ހުސްވިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މާރޗް މަހު ބޭއްވުމަށް ނިންމައިފިއެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ ތިންވަނަ ދުވަހު ދަރުބާރުގޭގައެވެ.
މި ޖަލްސާގައި ހިއްސާގެ ފައިދާ ބަހާނޭ އަދަދު ފާސްކުރުން އޮންނާނެއެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، 2019 ވަނަ އަހަރަށް އޮޑިޓަރުން ހޮވައި އޮޑިޓަރުންގެ އުޖޫރ ކަނޑައަޅައި ފާސްކުރުން އޮންނާނެއެވެ.
އުރީދޫއިން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ އެކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ފެބްރުއަރި 21 ގެ ކުރިން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

މި ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި 'ޕްރޮކްސީ ފޯމު" ފެބްރުއަރީމަހުގެ 28 ވަނަ ދުވަހުގެ ކުރިން އުރީދޫއަށް ހުށަހެޅުމުން ޖަލްސާގައި ބައިވެރިވެވޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި ހުށަހަޅާފައިވާ ޕްރޮކްސީ ފޯމު ކެންސަލް ކުރުމަށް އެދޭނަމަ ރީވޮކޭޝަން ފޯމެއް ހުށަހެޅޭނެކަމަށް ވެސް އުރީދޫއިން ބުނެއެވެ. މިފޯމްތައް އުރީދޫގެ ހެޑް އޮފީހުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އުރީދޫގެ އަހަރީ އާއްމު ޖަލްސާ މާޗް މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޖަލްސާގައި ބައިވެރިވާ ހުރިހާ މީހުން އެދުވަހުގެ ރޭގަނޑު 7:30 އާއި 8:30 އާ ދެމެދު ރަޖިސްޓަރ ކުރުމަށް އުރީދޫން ވަނީ އިލްތިމާސްކޮށްފައެވެ. ރަޖިސްޓްރީ ނުކުރާ އެއްވެސް ފަރާތަކަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭނޭކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.