ޚަބަރު

މޯދީގެ ދަތުރުފުޅު ފަސްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވަނީ - (ފައިލް ފޮޓޯ: ރައީސް އޮފީސް)

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިމަހު ފަނަރަވަނަ ދުވަހު ރާއްޖެއަށް ކުރައްވަން އޮތް ރަސްމީ ދަތުރުފުޅު ފަސްކުރައްވައިފިއެވެ.ފޮރިން މިނިސްޓްރީން މިކަމާއި ގުޅޭގޮތުން މިއަދު ނެރުނު ބަޔާނުގައި، މިދަތުރުފުޅު ފަހުގެ ތާރީހަކަށް ފަސްކުރެއްވީ ދެގައުމުގެ ސަރުކާރުންވެސް އެކަމަށް އެއްބަސްވެގެންކަމަށް ވިދާޅުވެފައިވެއެވެ. އަދި ދެ ސަރުކާރުން އެއްބަސްވެގެން މިދަތުރުފުޅު ފަސްކުރުމަށް ނިންމެވީ، މޯދީގެ ދަތުރުފުޅަށް ފުރިހަމައަށް ތައްޔާރުވުމަށް އިތުރުވަގުތު ދިނުމުގެ ގޮތުންކަމަށް މިބަޔާނުގައިވެއެވެ. އަދި ދެގައުމުގެ ސަރުކާރުގެ މެދުގައި މަޝްވަރާކުރުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނަވާނެ އާ ތާރީހެއް ހާމަކުރާނޭކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.