އިންޑިއާއިން ރާއްޖެއިން ދިން ވިސާގެ ލުއިތަކަށް އަންނަ މަހުން ފެށިގެން ޢަމަލު ކުރަން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން މިރޭ ވިދާޅުވީ ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްރީމަންޓަށް އަމަލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް އަންނަ މަހުގެ 11ވަނަ ދުވަހުން ފެށިގެން އެ އެގްރީމަންޓަށް ދެ ޤައުމުން އަމަލުކުރުމަށް އެއްބަސްވެ ރަސްމީ ލިޔުން މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމަކީ ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރެވުނު އެއްބަސްވުމެކެވެ.