ޚަބަރު

ބުރިޖުމަތީ ނުރައްކާތެރި އެކްސިޑެންޓެއް، އެކަކަށް ސީރިއަސް އަނިޔާތަކެއް


  • މިއެކްސިޑެންޓްގައި 3 މީހަކަށް ވަނީ އަނިޔާވެފައި

  • ސީރިއަސް އަނިޔާތަކެއްވީ 20 އަހަރުގެ މީހަކަށް

ބުރިޖުގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެ، އޭގެތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެެވެ.

ފުލުހުން ވިދާޅުވީ ސިނަމާލެ ބުރިޖު، މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އިތުރު ސައިކަލަކާއި ކާރެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ އިއްޔެ ރޭ 19:20 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި އެކްސިޑެންޓްގައި ޖުމުލަ 3 މީހަކަށް އަނިޔާވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ސައިކަލުގައި ތިބި ދެ މީހުންނާއި އަނެއް ސައިކަލުގައި އިން މީހާއެވެ. މީގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.