ސިޔާސީ

ޑިޕްލޮމެޓުންނަށް ރާއްޖޭގެ މަޝްރަހު މިހާރު ސާފުވެއްޖެ - ވަފްދު


ސްރީލަންކާގައި
ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނަށް ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް
ރަނގަޅަށް މިހާރު ސާފުވެވަޑައިގަންނަވާނެކަމަށް ސަރުކާރުގެ އޮފިޝަލުން
ވިދާޅުވެއްޖެއެވެ. ކޮޅުނބުގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި
ސަރުކާރުގެ ވަފްދެއް ވޭތުވެދިޔަ ދެދުވަސްމަތިން ވަނީ ބައްދަލުކުރުންތަކެއް
ބާއްވާފައެވެ.



މިވަފްދުގައި
ހިމެނިވަޑައިގެންނެވީ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް
ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ކޮޅުނބުގައި
ތިއްބެވި ޑިޕްލޮމެޓުންނާއި ހިއްސާކޮށްފައިވާ ވާހަކަތަށް އިތުރަށް ސާފުކުރުމަށް
އެގައުމުތަކުން ބޭނުންވާތީ، އެމައުލޫމާތު ސަރުކާރުން އެބޭފުޅުންނާއި
ހިއްސާކުރެއްވީކަމަށެވެ. ސްރީލަންކާގައި ހުންނަވާ އެމްބީސީ ނިއުސްއަށް މަޢުލޫމާތު
ދެއްވަމުން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، މިހާރު ވަރަށް ރަނގަޅަށް
ރާއްޖޭގެ މަސްރަހް އެބޭފުޅުންނަށް ސާފުވެވަޑައިގަންނަވާނެކަމަށެވެ.



ރާއްޖޭގެ ވަފްދުން
ބައްދަލުކުރި ގައުމުތަކުގެތެރޭގައި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާއާއި، ޖަޕާނާއި،
ރަޝިޔާއާއި ގަތަރާއި އެމެރިކާއާއި ކޮރެޔާއާއި



ސްރީލަންކާއާއި
އީޔޫގެ ޑިޕްލޮމެޓުންނާއި ވަފްދުގެ ބޭފުޅުން ބައްދަލުކުރެއްވިއެވެ.