ޚަބަރު

ފަސް ރަށެއްގައި ފެނާ ނަރުދަމާ ޤާއިމްކޮށްދޭނެ ބަޔަކު ހޯދަނީ


ފަސް ރަށެއްގައި ފެނާ ނަރުދަމާ ޤާއިމްކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ.

ފެނާ ނަރުދަމާގެ ނިޒާމު ޤާއިމްކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަސް ރަށަކީ، ހދ.ކުރިނބީ، ށ.ކޮމަންޑޫ، ރ.އަނގޮޅިތީމު، ރ.ވާދޫ އަދި ތ.ކަނޑޫދޫއެވެ.

މިމަސައްކަތްކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްލައްކަ ފަންސާސް ހާސް ރުފިޔާ ހުށަހަޅަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މިމަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން އެވޯޑު ކުރުމުގެ މަސައްކަތް ކުރިއަށްދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އައިސީބީ އުސޫލުންނެވެ.

ބީލަން ހުށަހެޅުމުގެ ފުރުޞަތު އަންނަ މާރޗް މަހުގެ 21 ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފައިވާއިރު ސަރުކާރުން ވަނީ މީގެކުރިން އަށް ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ.