ޚަބަރު

ޑެންގީ ހުން ޖެހިގެން މާލެ ގެނައި ކުދިންގެ ޙާލު ނައިބު ރައީސް ބައްލަވާލައްވައިފި


ފ.ފީއަލިން ޑެންގީ ހުން ޖެހިގެން މާލެ ގެނެސް އައި.ޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކުދިންނާ ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވާ ކުދިންގެ ޙާއްލުބައްލަވާލައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި އެމަނިކުފާނާއެކު އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޢަލީވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ނައިބު ރައިސް އައިޖީއެމްއެޗަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުވަނީ ފީއަލިން ޑެންގީ ހުންޖެހިގެން މާލެ ގެނައި ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވާ ޙާލުބައްލަވާލައްވާފައެވެ.

މިދިޔަ ހުކުރުދުވަހު ފީއަލިން ޑެންގޫ ހުންޖެހިގެން އެރަށު ސިއްޙީމަރުކަޒުގައި ފަރުވާދެމުން ގެންދިޔަ 6 ކުއްޖައްކުވަނީ ސިފައިންގެ އެހީގައި އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

އައިޖީއެމް ހޮސްޕިޓަލުން ބުނީ މިހާރު މީގެތެރެއިން 2 ކުއްޖަކު ގެޔަށް ދޫކޮށްލާފައިވާއިރު 3 ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު މީގެތެރެއިން ސީރިއަސް ޙާލަތުގައިވާ އެއް ކުއްޖަކު މިހާރު ބޭރަށް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެހޮސްޕިޓަލުން ބުނެއެވެ.