ސިއްހަތު

ޑެންގީ ހުން ޖެހިގެން މާލެ ގެނައި ކުދިންގެ ތެރެއިން އެއް ކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވާލަނީ


ޑެންގީ ހުން ޖެހިގެން ފ. ފީއަލީ ސިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައި ކުދިންގެ ތެރެއިން 1 ކުއްޖަކު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނީ އުމުރުން 6 އަހަރުގެ ފިރިހެން ކުއްޖެއްކަމަށެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ ޑެންގޫ ހުންޖެހިގެން އިތުރު ފަރުވާ ދިނުމަށް ފީއަލިން ގެނައި ކުދިންގެ ތެރެއިން 2 ކުއްޖަކު މިހާރު ގެއަށް ދޫކޮށްލާފައިވާކަމަށާއި 3 ކުދިންނަށް މިހާރުވެސް ފަރުވާ ދެމުންދާކަމަށެވެ. ފީއަލިން ޑެންގޫ ޖެހިގެން މާލެގެނެސްފައިވަނީ އުމުރުން 6 އަހަރާއި 7 އަހަރުގެ ކުދިންތަކެކެވެ. މީގެ ތެރޭގައި ހިމެނެނީ 2 އަންހެންކުދިންނާއި 4 ފިރިހެންކުދިންނެވެ.

މި ކުދިން ސިފައިންގެ އެހީތެރިކަމާއެކު އެމްއެންޑީއެފްގެ ސީ އެމްބިއުލާންސްގައި މާލެ ގެނެސްފައިވަނީ ރޭ 9:40 އެހާކަންހާއިރުއެވެ. ރޭ އެކުދިން މާލެ ގެނައުމާއެކު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ސީ އެމްބިއުލާންސް މާލޭ ބަނދަރާ ކައިރިކުރިތަނަށް ވަޑައިގެން އެކުދިންގެ ހާލު ބައްލަވާލައްވާފައެވެ.