ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ދެމުންގެންދިޔަ ސެކިއުރިޓީ ކަނޑާލާފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިހެން ބުނެފައިމިވަނީ ރައީސް ޔާމިނަށް ދެމުންގެ ދިޔަ ސެކިއުރީޓީ ކަނޑާލާފައިނުވާކަމަށް ބުނެ ޔާމީނަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ޝޯޝަލް މީޑިއާގައި ފަތުރަމުންދާ ހަބަރުތަކާއި ގުޅިގެންނެވެ.
އެމްއެންޑީއެފުން ބުނީ ކުރީގެ ރައީސުންނަށް ދޭންޖެހޭ ހިމަޔާތާއި ރައްކާތެރިކަމުގެ ދަށުން ކުރީގެ ރައީސް ޔާމީނަށްވެސް ދޭން ޖެހޭ ސެކިއުރިޓީ ދެމުން ގެންދާކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށްމިހާރުވެސް ރައީސް ޔާމީނަށް ސެކިއުރިޓީ ދެމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ރައީސް ޔާމީނުގެ ދައުރުގައި ކުރީގެ ރައީސް މައުމޫނާއި ރައީސް ނަޝީދަށް ދެމުން ގެންދިޔަ ސެކިއުރިޓީ ހުއްޓާލިއެވެ. އެހެން ނަމަވެސް މިހާރު އެ ދެ ބޭފުޅުންނަށްވެސް އެމްއެންޑީއެފުން ދަނީ ސެކިއުރިޓީ ފޯރުކޮށްދެމުންނެވެ